ދިވެހިރާއްޖެ
މަޤާމް: މަސައްކަތު (ވަގުތީ)
ބޭނުންވާ އަދަދު: 03 (ތިނެއް)
ގިންތި: ވަގުތީ
ރޭންކް: އެސް.އެސް 1 (SS1)
މުއްދަތު: މީލާދީ 01 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: ފިރިހެނުންގެ މިސްކިތްތަކުގައި
މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމްމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިއިދާރާއިން ހަމަޖައްސާވާ މިސްކިތެއްގައެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ ހަމައެކަނި މިސްކިތަށް ނުކުންނަ ދުވަސްތަކަށެވެ.
މުސާރައާއި އެލަވަންސް: ކޮންމެ ނަމާދު ވަގުތަކަށް -/45ރ ރުފިޔާ ރޭޓުން
- ތަޢުލީމާއި ތަޖުރިބާ:
އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން
އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންނަށް އިސްކަންދެވޭނެވެ.
މަޤާމުގެ މަސްއޫލިއްޔަތު: މިއިދާރާއިން ހަމަޖައްސަވާ މިސްކިތެއްގައި ، އެމިސްކިތަކާއި އެވަގުތަކު ޙަވާލުވެހުންނަވާ އިމާމް / މުދިމް އަންގާ ގޮތެއްގެ މަތިން މިސްކިތު މަސައްކަތު މުވައްޒަފުން ކުރާ މަސައްކަތްތައް ކުރުމެވެ. އެގޮތުން މިސްކިތް ސާފުކުރާއިރު މިސްކިތާއި މިސްކިތު ގޯތިތެރެއާއި ، ވަށާ މަގު ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާހާނާއާއި އިސްކުރު ބަރި ސާފުކުރުމާއި ދިޔަ ދޮވި ސާފުކުރުމާއި މިސްކިތުގައި ހެދިފައިވާ ގަސްތައް ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިސްކިތަށް ކަމެއް ދިމާވެއްޖެނަމަ ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
މަޤާމަށް އެދޭ ފޯމް ހުށަހެޅުން (ފޯމް މިއިދާރާގެ ކައުންޓަރުންނާއި ވެބް ސައިޓުން ލިބިލައްވާނެއެވެ.)
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
މަޤާމަށް އެދުމުގެ ސުން ގަޑީ: 02 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6528831 ނުވަތަ 6527180 އަށް ގުޅުއްވުން އެދެމެވެ.