ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތަކަށް 'ލައިބްރަރީ މެނޭޖްމަންޓް ވަރކްޝޮޕް' ހިންގުމާއި ގުޅޭ
މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ލައިބްރަރީ ހިންގުމާއި، އަދި މުޖްތަމަޢު ބާރުވެރިކުރުމަށްޓަކައި ލައިބްރަރީގެ ޚިދުމަތްތަކާ ގުޅުންހުރި ޙަރަކާތްތައް ހިންގާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާ އާއި މިނިސްޓްރީ ގުޅިގެން 'ލައިބްރަރީ މެނޭޖްމަންޓް ވަރކްޝޮޕް' އެއް ރޭވުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
މި ވަރކްޝޮޕްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ މި ދާއިރާ އާއި ގުޅުންހުރި ޖަމްޢިއްޔާތަކުން ތިރީގައިވާ މަޢުލޫމާތު އިނގޭނޭ ގޮތަށް، 07 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންce.info@youth.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބޭނުންވާ މަޢުލޫމާތު:
- ޖަމްޢިއްޔާގެ ނަން
- ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވާ އަތޮޅާއި ރަށް/ސިޓީ
- ޖަމްޢިއްޔާގެ ފޯކަލް ޕޮއިންޓެއްގެ ނަމާއި، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް
- ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ލައިބްރަރީ ހިންގުމާއި / އެފަދަ ޚިދުމަތްތަކާ ގުޅުންހުރި ކަންތައްތަކުގެ ތަފްސީލު
- މި ވަރކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ސަބަބު؛ އަދި މި ވަރކްޝޮޕްގައި ތިޔަ ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވުމުގެ ސަބަބުން މުޖްތަމަޢުއަށް ކުރާނޭ ފައިދާ.
މި ކަމާއިބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، 3347387 އަށް ގުޅުއްވުން އެދެމެވެ.
01 ޞަފަރު 1441