ދިވެހިރާއްޖެ
އިޢުލާން ހޮސްޕިޓަލްގެ އޯ.ޕީ.ޑީ އޭރިއާއަށް އިތުރުކުރެވޭބައި ހެދުމަށް ޝައިޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އާއި ދެމެދު މިހޮސްޕިޓަލްގެ އޮފީހަށް ނުވަތަ މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި 14 އޮކްޓޯބަރ 2019 ވާ ހޯމަދުވަހުގެ ހެނދުނު11:00 ގައި ޕްރީބިޑް ސެޝަންއެއް މިހޮސްޕިޓަލާއި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު09:30ގައި މިހޮސްޕިޓަލާއި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. ރެޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. |