ދިވެހިރާއްޖެ
2019 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ވީމާ 2019 އޮކްޓޯބަރ 31 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "2020 ވަނަ އަހަރު އެލްކޭޖީ އަދި ޔޫކޭޖީއަށް ދަރިވަރުން ވައްދަން އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ފޯމު ސްކޫލް އޮފީހުން 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ފޯމް ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށެވެ.
ޕްރީ ސްކޫލް މަރުޙަލާއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައވާ ތާވަލާ އެއްގޮތަށެވެ.
މަރުހަލާ |
ޢުމުރުފުރާ |
އެލްކޭޖީ |
4 އަހަރު ފުރި 5 އަހަރު ނުފުރޭ |
ޔޫ ކޭޖީ |
5 އަހަރު ފުރި 6 އަހަރު ނުފުރޭ |
ދަރިވަރުން ސްކޫލަށް ވެއްދުމުގައި ޢުމުރު ބަލާނީ ވައްދަން ބޭނުންވާ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށެވެ. ނަމަވެސް އެއަހަރުގެ މާރިޗު މަހުގެ 31 އަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުޞަތުދެވިދާނެއެވެ.
14ޞަފަރު 1441
13 އޮކްޓޯބަރ 2019