ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 އޮކްޓޫބަރު 2019 09:39 ގައި ބާތިލް ކުރެވިފައެވެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ މަސައްކަތްތައް އިތުރުވެފައިވާތީ، މިމަސައްކަތް ކުރުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
ޝަރުޠު: މަދުވެގެން އޭލެވެލް 2 މާއްދާއިން ފާސްވެފައިވުން.
އުޖޫރަ: ދުވާލަކަށް /-200ރ
ބޭނުންވާ އަދަދު: 1 (އެކެއް)
ބޭނުންވާ އަދަދު: 8
މުއްދަތު: 30 ދުވަސް
ހުށަހަޅަންޖެހޭ ލިޔުންތައް
1- އައި.ޑީ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް
2- ސީވީ
3- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް
މަސައްކަތަށް އެދެންވީގޮތާއި ސުންގަޑީ
މިމަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ފެންބިލްޑިންގ 2ވަނަފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@mohe.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އިތުރުމަޢުލޫމާތު:
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3026966،3026955 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ admin@mohe.gov.mv އަށެވެ.