ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއްހޯދުން

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި
ދިވެހިރާއްޖެ   

                                                        ޢިޢުލާން ނަމްބަރGS05-C /IUL/2019/05                        

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއްހޯދުން

  1. މި މަރުކަޒުގެ  ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކުޓޯބަރ 28 އިން 2019 ނޮވެމްބަރ 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.
  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
  1. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.  
  1. ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 18 ވާ ހޯމަ ދުވަހުގެ 01:00 ގައި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ. 
  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: info@gaaec.edu.mv

ކޮޕީ އީ-މެއިލް: finance@gaaec.edu.mv

 

 

                             28   ނޮވެމްބަރ      2019 

 

 

 

                                                                ތަމްހީދު

                                                              ޕްރިންސިޕަލް

          

29 އޮކްޓޫބަރު 2019
ހޯދާ