ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: (IUL)10-F/10/2019/140
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްއަށް 1 މިނީ ވޭން (5 މީހުންގެ ޖާގައިގެ) ގަންނަން ބޭނުން ވެގެން ކުރި ނަންބަރު:(IUL)10-F/10/2019/132 (23 އޮކްޓޫބަރު 2019) އިޢުލާނާއި ގުޅިގެން ބިޑް ސަމްބިޑަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން ވޭން ގަތުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މަތީގައިވާ ތަކެތި ވިއްކުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 13:30 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ނޮވެންބަރު 2019 ބުރާސްފަތި ދުވަހުގެ 13:30ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.