ދިވެހިރާއްޖެ
މިސްކޫލްގެ ތިރީގައިވާ މަރާމާތުތަށްކުރުމަށްބޭނުންވެއްޖެއެވެ.
- ސްކޫލް ހޯލް އިމާރާތުގެ ދިޔަދޮވި ބަދަލުކުރުމާއި ފެންވައިރުކޮށް 4 ބޯފެން ހަން ހިޔާކުރުން.
- ދަރިވަރުން ބޭނުންކުރާ 4 ފާހާނާ އިމާރާތުގެ ކަރަންޓް ރަނަގޅުކުރުމާއި ތަޅުތަށް ބަދަލްކުރުން، ފާހާނާތަށި ބަދަލްކުރުން، ގުދަނުގައި 2 އެގްޒޮސްޓް ހަރުކުރުން، 4 ވައިޓްބޯޑް ހެދުން، 4 ކްލާސްރޫމުގެ ބޮޑުދޮރުތަކުގެ ތަޅުތަށް ބަދަލްކުރުމާއި ކުޑަދޮރުފަތްތަކުގެ ތަންޑުތަށް ބަދަލްކުރުން، ފޫޓްފާރުގަ ކުލަލުމާއި ދިދަ ޕޯސްޓް މަރާމާތުކުރުން.
- ފައުންޑޭޝަން ދަރިވަރުން ކުޅޭސަރަހައްދު މަރާމާތުކުރުމާއި ފައުންޑޭޝަން ދަރިވަރުންގެ ކްލާސްރޫމްގައި ކުލަޔާއި ދަވާދުލުން.
ވީމާ މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓިއަކާއި ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑް ކޮޕީއަކާއި، އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށްފަހު 01 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މިމސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.