ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: IUL10-M/10/2019/142
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާންމު މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިދައުރުގެ އާންމު މެންބަރަކު އިސްތިއުފާދެއްވާފައިވާތީ، އެމަގާމަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކުރުން 2019 ނޮވެމްބަރު 19 ،20 ،21 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ގެ ޑައުންލޯޑް ކުރެވޭނެއެވެ.
ރަޖިސްޓްރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ މީޑިއާ އެނގޭނެގޮތުގެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މިއިންތިޚާބުގައި ވޯޓުދެވޭނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލުފަރާތްތަކުގެ ތެރެއިން މަސްއޫލުފަރާތް ކަނޑައަޅުއްވާ އެއްފަރާތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.