ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 ނޮވެންބަރު 2019 13:44 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މި ސްކޫލުގެ ފާޚާނާތައް މަރާމާތު ކުރުން
މި ސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މި ސްކޫލުގެ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރު 2019 ވާ އާދީއްތަ ދުވަހު 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ރަބީޢުލް އައްވަލް 1440
18 ނޮވެމްބަރ 2019