ދިވެހިރާއްޖެ
c
ރަތްމަންދޫ ސުކޫލް
މ.ރަތްމަންދޫ /ދިވެހި ރާއްޖެ ނަންބަރ:(IUL)GS-164/2019/07
އިޢުލާން
މި ސުކޫލް ހޯލުގެ 2 ފަރާތުގެ ނަލަފިލަޔާއި، ދިޔަދޮވި ބަދަލް ކުރުން
މި ސުކޫލް ގެ 2 ފަރާތުގެ ނަލަފިލޔާއި،ދިޔަދޮވި ބަދަލް ކޮއްދޭނެ ފަރާތެއް ހޯދުމައް ބޭނުން ވެއެވެ.
ވީމާ، މި ސުކޫލުންދޭ މަޢުލޫމަތާ އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮއްދިނުމައް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސުކޫލައް ވަޑައިގެން މަ ޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަ ޢުލޫމާތު ސާފްކުރުން |
28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:30ގައި. |
އަންދާސީ ހިސާބު ހުށަހެޅުން |
02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 11:30 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ.މަ ޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް 7952905 ނަންބަރ ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އަންގާ އިޢުލާނުކުރީމެވެ.
22 ރަބީއުލް އައްވަލް 1441
19 ނޮވެމްބަރ 2019