ދިވެހިރާއްޖެ
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާއި ގުޅިގެން ގޯތި ގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2019 ދުވަހުގެ 13:00ގެ ކުރިން ލިޔުމަކުން އެކަން އެކޯޓަށް އަންގަވާ ދެއްވުންއެދެމެވެ. އަގުކުރާ ތަންތަނާއި ތަކެތީގެ ތެރޭގައި ރޭނުމާއި ވަޑާންކުރުމާއި، ފެންވައިރިންގ ކުރުމާއި އަތްކަންކުރުމާއި، ކަރަންޓް ވައިރިންކުރުމާއި، އިލެކްޓޯރނިކްސް މަސައްކަތްކުރުމާއި، ރެފްރިޖަރޭޝަނާއި، އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް މިލިޔުމުގައި ބަޔާންކުރުން އެދެމެވެ. އަދި މިފަދަ ކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ ލިބިފައިވާ ސެޓްފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުންވެސް އެދެމެވެ.
އަގު ކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.
އަގުކޮމިޓީގެ މެމްބަރުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތްތައް:
އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކު -/300ރ(ތިންސަތޭކަ ރުފިޔާ)
ޝަރުޠު:
ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.