ދިވެހިރާއްޖެ
2020 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
28 ނޮވެމްބަރ 2019 |
10:00 ހެނދުނު |
މާއެނބޫދޫ ސްކޫލް އޮފީސް |
އަންދާސީ ހިސާބު ހުށައެޅުން |
3 ޑިސެމްބަރ 2019 |
10:00 ހެނދުނު |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި އިޢުލާނާއެކު މައުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.