ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ސްކޫލު ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ވާނެއެވެ.
- ސްކޫލް ހޯލްގެ ސީލިންގް މަރާމާތުކުރުން
- ގުރޭޑް 9 ގެ ކުލާސްރޫމްގެ ދެފަރާތުގެ ދިޔަދޮވި ބަދަލުކުރުން
- މިޕްރޮޖެކްޓަށް ބީލަން ހުށައަޅުއްވަން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 25 ން 2019 ޑިސެމްބަރ 1 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހު 11:00 ގައި މިސްކޫލުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019ޑިސެމްބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 9 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބ.މާޅޮހު ސްކޫލް
ބ.މާޅޮސް / ދިވެހިރާއްޖެ
ފޯން: 6600020
އީ-މެއިލް: admin@bmaalhohuschool.edu.mv