ދިވެހިރާއްޖެ
މިކުންފުނީގެ ( ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަނޓް) ގެ ފަރާތުން ބަލަހައްޓަމުން ގެންދާ ތިލަފުށި ސައިޓް ގައިހުރި 5 ޑަމްޕް ޓްރަކް، 1 ޑަމްޕް ބާރޖް އަދި ބާދަގަނޑުތަކެއް (ޖުމްލަ ގާތްގަނޑަކަށް 260 ޓަނުގެ) ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
1- ނީލަން ކިއުން އޮންނާނީ 28 ނޮވެމްބަރު 2019 ބުރާސްފަތި ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.
2- މިތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައި އެވެ.
3- މިތަކެތި ބައްލަވަންބޭނުންވެ ލައްވާފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމް ހަމަޖެހޭނެއެވެ.
4- ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓް ގައި ރަޖިސްޓްރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް 10,000/- ރ (ދިހަހާސް ރުފިޔާ) 28 ނޮވެމްބަރު 2019 12:00 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
5- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.
6- ނީލަން ފެށޭނީ ޓަނަކަށް -/1000 ރުފިޔާގެ ރޭޓުންނެވެ.
7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000 (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެއްހުށަ އަޅައިގެންނެވެ.
8- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.
9- ނީލަންނިމޭތާ 10 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،
10- ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.
11- 260 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ޕޭމަންޓް ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 260 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.
މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001174/7743041 /7908563 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.