މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ފިޔަވަތިން ސްކޫލަށްދާ ކުދިންނަށް ބޭނުންވާ ތަކެތި ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ.

            

2020 ވަނަ އަހަރު ފިޔަވަތިން ސްކޫލަށްދާ 104 ކުދިންނަށް ބޭނުންވާ ޔުނީފޯމް،ބޫޓް،ދަބަސް ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

         

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން 2020 ވަނަ އަހަރު ސްކޫލަށްދާ 104 ކުދިންނަށް ބޭނުންވާ ސްކޫލް ޔުނީފޯމް، އެކްޓިވިޓީ ޔުނީފޯމް، ބޫޓް، ދަބަސް ފަދަ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި، ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް، ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3027622 އާއި ގުޅުއްވުން އެދެމެވެ.   

                                      28 ރަބީޢުލްއައްޥަލް‏ 1441

25 ނޮވެމްބަރު 2019

25 ނޮވެންބަރު 2019
ހޯދާ