ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 03/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 15 މެއި 2018 ވަނަ ދުވަހު ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކައުންސިލް އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، އެ ތަކެތި އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، ތަކެތި ބޭނުންވާ އައްޑޫސިޓީގެ ސަރުކާރުގެ އޮފީސްތަކުން 11 ޑިސެމްބަރ 2019 ވާ ބުދަދުވަހުގެ 14:30 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން (admin@adducity.gov.mv) އަންގަވައި ދެއްވުމުން، ދައުލަތުގެ އޮފީހުން މުދާ ބޭނުންވޭތޯ ޗެކްކުރާ ފޯމް ފޮނުވައިދެވޭނެ ވާހަކަ ދެންނެވީމެވެ.
05 ރަބީޢުލްއާޚިރާ 1441