ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް އިމިގްރޭޝަނުން ދެމުންގެންދާ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، 13000 އަކަފޫޓާއި 14000 އަކަފޫޓާއި ދެމެދުގެ އޮފީސް އިމާރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)94-Q/94/2019/22 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް ހާޒިރުވެފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
07 ރަބީއުލްއާޚިރު 1441
04 ޑިސެމްބަރ 2019