ދިވެހިރާއްޖެ
އިޢުލާން ނަންބަރު: RDC-IUL/2019/001
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު |
ބޭނުންވާ ޢަދަދު: |
2 (ދޭއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯޓް ސްޓާފް - ގްރޭޑް 4 |
މުސާރަ: |
މަހަކު -/3250ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
-/2000ރ - -/3500ރ އާއި މެދުގެ އަދަދެއް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތުރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން.
|
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އޮފީސް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. - ކޮންމެ ދުވަހަކުވެސް ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާ ސާފުކުރުން. - ސައިކޮޓަރީގެ މޭޒާއި ގޮނޑި ސިންކު ކަބަޑު ފަދަ ތަންތަން ރީތިކޮށް ސާފު ކުރުން. - މީޓިންގ ތަކަށް ކޮފީ ނުވަތަ ސައި ތައްޔާރުކުރުން. - މިނޫންވެސް މަޤާމާ ގުޅޭގޮތުން ޙަވާލުކުރާ އޮފީހުގެ މަސައްކަތް ކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ / 2020 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
07 ރަބީޢުލް އާހިރު 1441
04 ޑިސެމްބަރ 2019