މަގާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ- ކޮންޓްރެކްޓް (01 އަހަރު)
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 3
|
މަޤާމްގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޔޫތު ޑިޕާޓްމަންޓް، މާލެ އިޖްތިމާޢީ މަރުކަޒު
|
ވަޒީފާ އަދާކުރަންޖެހޭ ވަގުތު:
|
ހަވީރު 16:00 ން ރޭގަނޑު 22:00 ށް
|
މުސާރަ:
|
މަހަކު .004465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު .001500 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
|
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:
|
- ޑިއުޓީ އަށް އައިސް އެދުވަހެއްގައި ހިނގާ އެކްޓިވިޓީސްތައް ކުރިއަށްދާ ގޮތް ބެލުން.
- އިންޑޯ ހޯލްގައި ކުރިއަށްދާ ހަރަކާތްތައް ބަލާ ޗެކުކޮށް އެޓެންޑް ކުރުން.
- ފިޒިކަލް ފިޓްނަސް ރޫމް، އަދި އެކިއެކި ޕްރެކްޓިސްތަކަށް އަންނަ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް އަދި އެފަރާތްތަކާއެކު އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތައް ރޭވުމުގައި ސްޕަވައިޒަރަށް އެހީތެރިކަން ދިނުން.
- މޫވީ ނައިޓް އަޅުވާ ބެލެހެއްޓުމުގައި އެހީތެރިކަންދީ އަމަލީ ގޮތުން ބައިވެރިވުން.
- އާއިލީ ހަވީރު، ވީކެންޑް އުފާގެ ހަރަކާތް ތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ސްޕަވައިޒަރަށް އެހީތެރިކަން ދިނުން.
- ހަވީރު 16:00 އިން 18:00 އަށް އިޖުތިމާޢި މަރުކަޒު ގެ އެކްޓިވިޓީސްތައް ރޭވުމުގައި ސްޕަވައިޒަރަށް އެހީތެރިކަން ދިނުން.
- ކުޅިވަރުހަރުގޭގެ އެންމެހާ ކަންތައް ބަލާ، ރަގަޅުކުރަން ޖެހޭ ކަންތައްތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
- ތަނުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން.
- ކޮންމެ ދުވަހެއްގެވެސް އައުޓްޑޯ ސްކްރީން އަޅުވާ ސްޕަވައިޒަރުގެ ލަފަޔާއެކު ޕްރޮގްރާމްތައް ދެއްކުން.
- އަތޮޅު ތަކުގެ އިޖްތިމާއީ މަރުކަޒުތަކުގެ މަސައްކަތް ސްޕަވައިޒު ކުރުމުގައި އެހީތެރިކަން ދިނުން.
- މެންދުރުފަހު އަންނަ އިދާރީ މުވައްޒަފުންނާ، ޕާޓްޓައިމް މުވައްޒަފުންގެ ޙާޟިރީ ކަންތައް ބެލެހެއްޓުން.
- ޒުވާނުންގެ ގްރޫޕްތަކާއެކު ބޭއްވޭ ބައްދަލުވުން ތަކުގައި ސްޕަވައިޒަރަށް އެހީތެރިކަން ދީ ބައްދަލުންތައް އިންތިޒާމް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.
- މަހަކު އެއްފަހަރު ބާއްވާ ވީކެންޑް ޝޯވް ތަކުގައި އަމަލީ ގޮތުން މަސައްކަތްކުރުން.
- ޔޫތު ޑިޕާޓްމަންޓްގެ ފަރާތުން ބާއްވާ އެކިއެކި ޕްރޮގްރާމް ތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
- ސްޕަވައިޒަރުގެ ލަފަޔާއެކު ކޮންމެ ހަފުތާއަކުވެސް ކުޅިވަރު މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރުން.
- ހަމަޖެހިފައިވާ އުސޫލުން އޮފީހުގެ ޑިއުޓީ ތަކަށް ނުކުތުން.
- ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވާ ލެއްޕުން.
- މީގެ އިތުރުންވެސް ކުރަންޖެހޭ އޮފީހުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
- ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތައް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ(www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@youth.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 ޑިސެމްބަރ 2019އާއި 16 ޖެނުއަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@youth.gov.mv އަށެވެ.
|