ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަމާއި ގުޅޭ
ދ.އަތޮޅު ތައުލީމީ މަރުކަޒު
ދ.ކުޑަހުވަދޫ ނަންބަރ: GS-24/IUL/2019/53
ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމާ ބޭހޭ
މި މަރުކަޒުގައި މިހާރު ބޭނުންނުކުރާ ބައެއްތަކެތި ނީލަމުގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
- ނީލަންކިޔުން އޮންނާނީ 22 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 10:00 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
- ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
- ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
- ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
- ނީލަން ނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
- ނީލަން ނިމޭތާ 5 ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ނުހިމަނައި) ނީލަން ނިމުނު ފަރާތުން ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
- ތަކެތި ދޫކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:30 އަށެވެ.
މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7952914 / 7847040 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 ރަބީޢުލްއާޚިރް 1441
08 ޑިސެމްބަރ 2019
08 ޑިސެންބަރު 2019
ހޯދާ