ދިވެހިރާއްޖެ
މޯލްޑިވްސް އެންހޭންސިންގ އެމްޕުލަޔަބިލިޓީ ރެސިލިއެންސް އޮފް ޔޫތް ޕުރޮޖެކް
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
ޕުރޮޖެކްޓްނަން: ރާއްޖޭގަ ހިންގާ ޕޮލިޓެކްނިކް ތަކަށް ބޭނުންވާ ކޮމްޕިޔުޓަރ، ކޮމްޕިޔުޓަރ މޭޒު އަދި ކޮމްޕިޔުޓަރ ގޮނޑި ފޯރުކޮށްދީ، އަންގާ ތަނެއްގައި ތަކެތި ރާވައިދިނުން.
މިމިނިސްޓްރީގެ ޕުރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް އިން ރާއްޖޭގަ ހިންގާ ޕޮލިޓެކްނިކް ތަކަށް ބޭނުންވާ ތަކެތި ގަންނަން ބޭނުން ވެއްޖެއެވެ. މިމަމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތަށް އެޓޭޗްކުރެވިފައިވާ ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 10 އިން 2019 ޑިސެންބަރު 17 އަށް އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަނިއެވެ.
މިޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2019 ޑިސެންބަރު 18 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ފެންބިލްޑިން، 2 ވަނަ ފަންގިފިލާ ހުންނަ މީޓިންރޫމްގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރި ވެވޭނީ މަތީގައިވާ ދެންނެވިފައިވާ މުއްދަތު ޕުރޮޖެކްޓްގައި ބައިވެރިވާން ނަންނޯޓް ކުރި ފަރާތް ތަކަށް އެކަނިއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާފަރާތް ތަކުން ބިޑް ސެކިއުރިޓީ އެއްގޮތުގައި 10,000.00 ( ދިހަހާސް ދިވެހި ރުފިޔާ) ބިޑް ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެއެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 30 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ 02 ވަނަ ފަންގިފިލާ، މީޓިންރޫމްގައި އެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
އިތުރުމަޢުލޫމާތު ހޯދެވުމަށް ތިރީގައި ނަންބަރ ގުޅުއްވުންއެދެމެވެ.
ފޯން: 3026975
އީމެއިލް ކުރައްވާނީ:
10 ޑިސެމްބަރ 2019