ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
މި ސްކޫލްގައި ކުރަންހުރި މަސައްކަތްތަކެއްގެ އަންދާާސީ ހިސާބު ބޭނުންވެއްޖެ

                                                        ނަންބަރު: GS-171/IUL/2019/44

އިޢުލާން       

        މިސްކޫލްގެ މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ ދެންނެވިފައިވާ މަސައްކަތް ތަކުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތް ތަކެއް އަމިއްލަ ޚަރަދުގައި ކޮށްދެވިދާނޭ ފަރާތްތަކުން 16 ޑިސެންބަރު 2019 (ހޯމަ) ދުވަހު 18:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެންބަރު 2019 (ބުރާސްފަތި) ދުވަހު 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިއިން ކޮންމެ މަސައްކަތަކަށްވެސް އަންދާސީ ހިސާބު ހުށައަޅުއްވާނީ ވަކިވަކިންނެވެ.

  1. ހޯލް ކުލާސްތަކުގައިހުރި ޕާޓިޝަން މަރާމާތުކުރުން.
  2. ދަރިވަރުންގެ ފާޚާނާގެ ތަޅުމުގައި ހުރި މުށި ބަދަލުކުރުން.
  3. މުއައްޒަފުންގެ ފާޚާނާ މާރާމާތުކުރުން.
  4. އިމާރާތްތަކުގެ ކުލަ ދަވާދު ބަދަލުކުރުން.
  5. ޕްރިންސިޕަލްގެ ފާހާނާ މަރާމާތުކުރުން.

                އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               

12 ޑިސެންބަރު 2019
ހޯދާ