ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ހުރި ބައެއްކަންކަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ހދ ކުޅުދުއްފުށީ  ޒޯން ސްޓޭޑިއަމް ގައި ހުރި ބައެއްކަންކަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝަރުތުފުރިހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.

1 މި ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 އިން 23 ޑިސެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ބީލަމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

2 – މި ބީލަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 24 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

3 – ބީލަން ހުޅުވުން އޮންނާނީ 30 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި  ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4 – އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6528831 އަދި 6527174 އިން ލިބިވަޑައިގަންނަވާނެއެވެ.

16 ޑިސެންބަރު 2019
ހޯދާ