ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ރުއްތަކުގެ ނީލަން ކިޔުން ދެންނެވިފައިވާ ދުވަހުގެ އެގަޑިތަކުގައި އޮންނާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1- ފުވައްމުލަކު މާދަޑު ވިދުވަރުގޯޅިއަށް ދަތިވާގޮތަށް، ފުވައްމުލަކު މާދަޑިގެ ހުޅަގުން އޮތް ވިޔަފާރި ބިމުގައި ހުރި ފޯދުނު ދިވެހިރުކުގެ ނީލަން ކިޔުން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެދުނު 9:00 ގައި އެމަގުގައި އޮންނާނެއެވެ.
2- ފުވައްމުލަކު މާދަޑު ވިދުވަރުގޯޅިއަށް ދަތިވާގޮތަށް، ފުވައްމުލަކު އެއްގަމިގެ ގޯތީގައި ހުރެގެން އެއްގަމިގެ އިބްރާހީމް ޙަސަނަށް ބަދަލުދީފައިވާ ފޯދުނު ދިވެހިރުކުގެ ނީލަން ކިޔުން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެދުނު 9:10 ގައި އެމަގުގައި އޮންނާނެއެވެ.
ވީމާ ނީލަމުން މިރުއްތައް ނަންގަވާ ފަރާތަކުން މިރުކުގެ ބައިތަކާއެކު 03 ދުވަހުގެތެރޭ އެތަނުން ނަންގަވަން ވާނެއެވެ. ނީލަމުން ނެންގެވުމަށްފަހު ނީލަން ދޫނުކުރެވޭނެއެވެ.
މީނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.