ދިވެހިރާއްޖެ
ނަމްބަރ:(IUL)URH/2019/27
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީގެ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި 29 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލް އަދި މިނިސްޓްރީި އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގެ ކުރިން procurement.urh@gmail.com ނުވަތަ procurement@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.