ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
2020 ވަނަ އަހަރު މަދަރުސާ ތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިދާ ކުރަނިވި ގޮތަކަށް ސްކޫލް ވޮކޭޝަނަލް ޕްރޮގްރާމް ބައްޓަން ކޮށް ހިންގަން ބޭނުން ވެއްޖެއެވެ. އެހެންކަމުން މަތީގައި ދެންނެވި މަޤްޞަދު ޙާޞިލް ވާނޭހެން ސްކޫލް ވޮކޭޝަނަލް ޕްރޮގްރާމް ހިންގުމުގެ ކޮންސެޕްޓެއް ތައްޔާރުކޮށް، އެފަދަ ޕްރޮގްރާމެއްގެ މުޤައްރަރު ފަރުމާކޮށްދިނުމާއި ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ފަންނީ ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އެކަމަށް ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.
މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ޑިސެންބަރު 26 އިން ފެށިގެން ޖެނުއަރި 5 ށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 12 ވަނަ ދުވަހު 10:00ގައި ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ.މެއިލް: rashidha@nie.edu.mv
އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 ނަމްބަރ ފޯނަށެވެ.
28 ރަބީޢުލް އާޚިރު 1441
25 ޑިސެންބަރު 2019