ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމަށް
މި މަރުކަޒުގައި ހުރި ބައެއްތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރ GS24/IUL/2019/53 (08 ޑިސެންބަރ 2019) އިޢުލާނާއި ގުޅިގެން ބޭއްވުނު ނީލަމުގައި ނުވިކި ހުރި ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
- ނީލަންކިޔުން އޮންނާނީ 08 ޖެނުއަރީ 2020 ވާ ބުދަ ދުވަހު 09:00 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
- ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
- ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
- ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
- ނީލަންމުން ނަންނަގަވާ ތަކެތީގެ އަގު 08 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ 13:00 ފައިސާ ދައްކަންވާނެއެވެ.
- ނީލަންމުން ނަންނަގަވާ ތަކެތި 08 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ 16:00 ގެ ކުރިން ގެންގޮސް ނިންމަންވާނެއެވެ.
މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7952914 / 7847040 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
26 ޑިސެންބަރު 2019
ހޯދާ