ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2017/79)
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: މެނޭޖަރ
މަޤާމުގެ އަދަދު: 1 ( އެކެއް )
މަސައްކަތް ކުރާތަން: ރައްޔިތުންގެ ވިޔަފާރިގެ
މުސާރަ: 5020.00 ( ފަސްހާސް ވިހި ރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- ދިވެހި، އިސްލާމް އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
2- ވިޔަފާރިއާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވަލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ އިދާރީ ދާއިރާއެއްގައި މަދުވެގެން 4 އަހަރު މަސައްކަތް ކޮށް ތަޖްރިބާ ލިބިފައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފުރިހަމަކޮށްފައިވާ ފޯމް (އުނގޫފާރު ކައުންސިލް އިދާރާ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 9 ޖެނުއަރީ 2020، ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 9 ޖެނުއަރީ 2020 އާއި 14 ޖެނުއަރީ 2020 އާއި ދެމެދު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
03 ޖުމާދުލްއޫލާ 1441
29 ޑިސެމްބަރ 2019