މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޓްރާންސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

2020 ވަނަ އަހަރު ފިޔަވަތިން ސްކޫލަށްދާ ކުދިންގެ ޓްރާންސްޕޯޓް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 

         

 

      މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންގެ ތެރެއިން 2020 ވަނަ އަހަރު ޣާޒީ ސްކޫލަށްދާ 44 ކުދިން ފިޔަވަތިންދޭ ތާވަލާއި އެއްގޮތަށް ސްކޫލަށް ގެންގޮސް ގެނައުމަށްޓަކައި، ޓްރާންސްޕޯޓްގެ ޚިދުމަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިޔަވަތިން ކުރެވުނު ނަންބަރ: (IUL)FV-FP/1/2019/2އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޟިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

      ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި، ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތި އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

 

      އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

 

      މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް3027562  ގުޅުއްވުން އެދެމެވެ.   

 

29 ޑިސެންބަރު 2019
ހޯދާ