ދިވެހިރާއްޖެ
ނަންބަރ: GS41-IUL/2019/30
އިޢުލާން
2020 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށް، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS41-IUL/2019/25 އިޢުލާނާއި ގުޅިގެން 3 ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖެނުއަރީ 5 ން 7 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގެ
ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 07 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހު 13:00 ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިރުޝާދިއްޔާ ސްކޫލް
ފޯން: 6891092
އީ-މެއިލް: info@irushadhiyya.edu.mv
05 ޖުމާދަލް އޫލާ 1441
31 ޑިސެންބަރު 2019