ދިވެހިރާއްޖެ
`
އަލްމަދަރުސަތުލް މުނައްވަރާ
ށ.މަރޮށި
ނަންބަރ : GS-212/IUL/2019/27
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޖެނުއަރީ 13 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2020 ޖެނުއަރީ 16 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.
އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6540508 އާއި ގުޅުއްވުން އެދެމެވެ.
5 ޖުމާދަލްއޫލާ 1441
31 ޑިސެމްބަރ 2019