މަޤާމް:
|
އެސިސްޓަންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-320877
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ބ. އޭދަފުށި
|
|
ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ޔުނިޓް
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ޚިދުމަތްތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުން.
- ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޑިވިޜަންގެ މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި، މުވައްޒަފުންނާއި ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވުން
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންކަން އިންތިޒާމްކުރުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާއި، ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް އިސްކޮށް ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ބަޖެޓު ބެލެހެއްޓުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިނގާ އިމާރާތް ފޮޅާސާފުކުރުމުގެ ކަންތައްތައް އިންތިޒާމްކުރުމާއި އެކަންތައް އިސްކޮށް ބެލެހެއްޓުން
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ޢިމާރާތާއި، މެޝެނަރީޒް އާއި، ފަރުނީޗަރު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ހިންގާ ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ސްޓޮކް ބެލެހެއްޓުމާއި ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ލިބޭ ސިޓީތަކާއި އެންޓްރީތަކުގެ ތެރެއިން ގަވާއިދުން ޖަވާބު ދެމުންދާ ލިޔުންތަކާއި ޖަވާބުދިނުން ލަސްވަމުންދާ ލިޔުންތައް ބަލައި މޮނިޓަރކުރުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މައި ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ އަހަރީ ރިޕޯޓް ލިޔެ ތައްޔާރުކޮށް ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާ އިމާރާތް ބެލެހެއްޓުމާއި މެއިންޓަނަންސް މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގަމުން ގެންދަނީ ހެދިފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށްތޯ ބަލައި، ގަވާއިދުން ރިޕޯރޓްތައް އެކުލަވައި، އިޞްލާޙުކުރަންޖެހޭ ކަންކަމާއި އިދާރީ ގޮތުން ހަރުދަނާކުރަންޖެހޭ ކަންކަން ރަނގަޅުކުރުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ މައި ޑިސްޕެޗް އާއި އެންޓްރީ ބެލެހެއްޓުން
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ލިޔުންކިޔުންތަކާއި ރިކޯޑްތައް ފައިލްކުރުމާއި ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ އޮފީސް ހުޅުވާ ލެއްޕުމާއި އޮފީސް ޑިއުޓީ ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ހިންގައި ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގަމުން ގެންދަނީ ހެދިފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށްތޯ ބަލައި، ގަވާއިދުން ރިޕޯރޓްތައް އެކުލަވައި، އިޞްލާޙުކުރަންޖެހޭ ކަންކަމާއި އިދާރީ ގޮތުން ހަރުދަނާކުރަންޖެހޭ ކަންކަން ރަނގަޅުކުރުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ބެލުމުގެ ދަށުގައި ތިބޭކުދިންނަށް ބޭނުންވާ އަސާސީ ޙިދުމަތްތަކާއި ޙައްޤުތައް، ހެދިފައިވާ ޤަވާއިދުތަކާއި، އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ދަށަށް ނަގާ ކުދިންނާއި މީހުން، މަރުކަޒުތަކުގައި ބެލެހެއްޓުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސެންޓަރަށް ހުށައެޅޭ އިޖްތިމާޢީ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، މިނިސްޓްރީގެ ލަފާގެ މަތިން ކުރުމާއި، އެމައްސަލަތަށް ކުރިއަށް ގެންދިއުމުގައި ސެންޓަރުގެ މުވައްޒަފުންނަށް ލަފަޔާއި އިރުޝާދު ދިނުމާއި މަސައްކަތުގައި މުވައްޒަފުން ޒިންމާދާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ސެންޓަރަށް ހުށައެޅޭ މައްސަލަތަކުގެ ރިކޯޑްތައް ބެލެހެއްޓުމާއި، މިމަޢުލޫމާތުގެ މައްޗަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ރިޕޯޓްތައް ކަމާބެހޭ އިދާރާތަކަށް ގަވާއިދުން ފޮނުވުން.
- އިޖްތިމާޢީ މައްސަލަތަކާއި ގުޅިގެން އަތޮޅު އަދި ރަށުފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ކަމާބެހޭ ދާއިރާތަކާއި ގުޅިގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވުން.
- ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި ގާއިމުވެފައިވާ މުއައްސަސާ ތަކާއިއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުން
|
މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ،
- އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ،
- އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުންތައް؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންކްރިޕްޓް.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުން.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުން.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުންތައް.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
- މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
- އަތޮޅުތަކަށާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތައް.
- އަމިއްލަ ރަށް ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްކުރެވޭނެ ފަރާތްތައް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް )ބިއްލޫރިޖެހިގެ، މަޖީދީމަގު( ނުވަތަ ބ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ((hr@gender.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 26 އާއި 2020 ފެބުރުވަރީ 13 އާ ދެމެދު، މަހު، ބ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
އިންޓަރވިއު ބާއްވާތާ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6620390 ނުވަތަ 3027551 އަށެވެ. އީ-މެއިލް ކުރާނީ hr@gender.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|
|
13 ޖުމާދުލްޢޫލާ 1441
08 ޖަނަވަރީ 2020
|
|