ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2020/01
އިޢުލާން
މިއަހަރުގެ ހުރަވީ ދުވަހާއި ގުޅިގެން ދުވަހަށް ޚާއްސަކޮށްގެން 20 ޖަނަވަރީ 2020 ވާ (ހޯމަ) ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ހޯލްގައި ބާއްވާ ބަހުސްގައިބައިވެރިވެ ވަޑައިގަންނަވާ 200 ބޭފުޅުންނަށް ސައިފޮދެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.