ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ސްޓޭޑިއަމް ގައި ހުރި ބައެއްކަންކަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަމްބަރު:  (IUL)266/266/2019/74 (16 ޑިސެމްބަރ 2019) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއްލިބިފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

ހދ ކުޅުދުއްފުށީ  ޒޯން ސްޓޭޑިއަމްގައި ހުރި ބައެއްކަންކަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1 މި ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 12 ޖެނުއަރީ 2020 އިން 19 ޖެނުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

2 – މި ބީލަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 22 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

3 – ބީލަން ހުޅުވުން އޮންނާނީ 29 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯން ނަންބަރ 6528831 އަދި 6527174 އިން ލިބިވަޑައިގަންނަވާނެއެވެ.

09 ޖަނަވަރީ 2020
ހޯދާ