ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL10-F/10/2020/08
އިޢުލާން
މިއަހަރުގެ ހުރަވީ ދުވަހާއި ގުޅިގެން ދުވަހަށް ޚާއްސަކޮށްގެން 28 ޖަނަވަރީ 2020 ވާ (އަންގާރަ) ދުވަހުގެ ރޭ ތާޖުއްދީން ސްކޫލް ހޯލްގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ 500 ބޭފުޅުންނަށް ސައިފޮދެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.