ދިވެހިރާއްޖެ
މިކޯޓުގެ ނަންބަރު M8C-A/2020/1 (15 ޖެނުއަރީ 2020) އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
އިޢުލާން ނަންބަރު: M8C-A/2020/2 |
ވަޒީފާގެ ފުރުޞަތު |
|
ތާރީޚް: 19 ޖެނުއަރީ 2020 |
||
ރޭންކް: އެސް.އެސް 1 |
ހައުސްކީޕަރ |
މަޤާމް |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1 |
1 (އެކެއް) |
އަދަދު |
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ މެޖިސްޓްރޭޓް ކޯޓް |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
އަސާސީ މުސާރަ |
|
- ޖުޑީޝަލް އެލަވަންސް: (އަސާސީ މުސާރައިގެ %20) - ސަރވިސް އެލަވަންސް: -/1000ރ (އެއްހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ |
މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް |
|
ލިޔަންކިޔަން ދަތުން. |
އަސާސީ ޝަރުތު |
|
1- ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހައި ފޮޅާ ސާފުކުރުން. 2- ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ އެންމެހާ ރަސްމީ ލިޔެކިއުމެއް ރައްދުކުރުން. 3- ކޯޓުގެ ބޭނުމަށް އެކިފަރާތްތަކުން ކޯޓަށް ގެންނަންޖެހޭ ތަކެއްޗާއި، ގެންދަން ޖެހޭތަކެތި، ގެނައުމާއި ގެންގޮސްދިނުން. 4- އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ މަސައްކަތް ތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު |
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. |
ހުށަހަޅަންޖެހޭ ތަކެތި |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 ޖެނުއަރީ 27 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
ސުންގަޑި |
|
މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
|
1- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. 2- މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު އަދާކުރެވޭފަދަ، ނުވަތަ އެނޫންވެސް މަޤާމުގެ މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތައް ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. |
މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|
|
އިތުރު މަޢުލޫމާތު |