ދިވެހިރާއްޖެ
ނަންބަރު:14 /2020-R
އިޢުލާން
މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ދަގަނޑު ޓިނުތަކެއް (ބައު) - ލަކުޑި ބައިތަކެއް (ބައު)
- ދަގަނޑު އެލްބޯތަކެއް (ބައު) - ފީފާތަކެއް (ބައު)
- ދަގަނޑު ހޮޅިތަކެއް (ބައު) - މީގެ އިތުރުން އެހެނިހެން ބައު ސާމާނުތަކެއް
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 7,000.00 (ހަތް ހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސްސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2020 ޖަނަވަރީ 22 ވާ ބުދަ ދުވަހުގެ 10:00އަށް މި ކުންފުންޏަށް ވަޑައިގެން މި ތަކެތި ބައްލަވާ، މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %25 އަށް ވާ 1750.00 (އެއްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ، ޑިޕޮޒިޓް ދެއްކެވުމަށް ފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 2020 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައި ގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުވުން އެދެމެވެ.
25 ޖުމާދަލްއޫލާ 1441
20 ޖަނަވަރީ 2020