ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/12 )
އިޢުލާން
20 ފެބުރުވަރީ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ދަޢުވަތު
2019 ވަނަ އަހަރު މިކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގަމުންދާ ވިޔަފާރިތަކުގެ 2019 ވަނަ އަހަރުގެ ރިޕޯޓްތަކާއި، 2020 ވަނަ އަހަރު މިކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުން 20 ފެބުރުވަރީ 2020، ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް އޭވީ ރޫމްގައި އޮންނާނެވެ.
މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.
- އުނގޫފާރު ކައުންސިލްގެ 2019 ވަނަ އަހަރުގެ ހިންގުނު ހަރަކާތްތައް
- އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް
- އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2019 ވަނަ އަހަރުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ވިޔަފާރިގޭގެ 2019 ވަނަ އަހަރުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2019 ވަނަ އަހަރުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2019 ވަނަ އަހަރުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ނަރުދަމާ ނިޒާމްގެ 2019 ވަނަ އަހަރުގެ ރިޕޯޓް
ވީމާ، މިބައްދަލުވުމަށް އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
10 ޖުމާދަލްޢާހިރާ 1441
04 ފެބުރުވަރީ 2020