ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: RDC-IUL/PROC/2020-05
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ މަސައްކަތްތަކަށް ގަންނަން ބޭނުންވާ ބައެއް ތަކެއްޗަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން
މި ކޯޕަރޭޝަންގެ ހަވާލުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބައެއް ތަކެތި ގަންނަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް މި އިޢުލާން އާއި އެޓޭޗް ކުރެވިފައި ވާނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު ހުރިހާ އައިޓަމް އެއް ހިމެނުން ލާޒިމެއް ނޫނެވެ. ނަމަވެސް އަގު ހުށަހަޅަން ހިޔާރު ކުރާ އައިޓަމެއްގެ އަދަދު އަދި ސްޕެސިފިކޭޝަން ދިމާވާން ވާނެއެވެ.
ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 9 ފެބްރުއަރީ 2020 (އާދިއްތަ) ދުވަހުގެ 14:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : procurement@rdc.com.mv
4 ފެބްރުއަރީ 2020