ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
2. ނީލަން ކިޔާ މުދާ ބެލުން: 11 ފެބުރުބަރީ 2020 ވާ އަންގާރަ ދުވަހުގެ ހަވީރު 16:30 އަށް (އެންމެ ލަސްވެގެން މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 02 ގަޑިއިރު ކުރިން 3328995 ނަންބަރު ފޯނަށް ގުޅުއްވައި ނަން ނޯޓްކުރައްްވަން ވާނެއެވެ.)
3. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 12 ފެބުރުބަރީ 2020 ވާ ބުދަ ދުވަހު ރޭގަނޑު 20:00 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށެވެ.
4. ނީލަން ކިޔުން: 13 ފެބުރުބަރީ 2020 ވާ ބުރާސްފަތި ދުވަހު 14:00 ން ފެށިގެން.
5. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
- ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.