ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ނެއްލައިދޫ ސްކޫލްގެ އިތުރު ޙަރަކާތުގެ ޔުނީފޯމް އަމިއްލަ ޚަރަދުގައި ފަހައި ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޢިއުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

    

               މިސްކޫލުގެ ނަންބަރު GS93/I/2020/03  ( 22 ޖަނަވަރީ 2020 ) އިޢުލާނަށް އަންދާސީ ހިސާބު ހުށައަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފުށޫއަރާފައިވާތީވެ އެފުރުސަތު އަލުން ހުޅުވާލަމެވެ.

               މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް އިތުރު ޙަރަކާތުގެ ޔުނީފޯމް އަމިއްލަ ޚަރަދުގައި ފަހައި ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިއީ މިކަމަށް ކުރެވޭ 4 ވަނަ އިޢުލާނެވެ.

              ވީމާ، 13 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮަން ނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " ހދ.ނެއްލައިދޫ ސްކޫލުގެ އިތުރު ޙަރަކާތުގެ ޔުނީފޯމް ފަހައި، ލިބޭނެ އިންތިޒާމް ހަމަޖެއްސުން " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

 

                           11 ޖުމާދަލްއާޚިރު 1441

                               05 ފެބުރުވަރީ 2020  

05 ފެބުރުވަރީ 2020
ހޯދާ