ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލުން - ފުރަތަމަ ބުރު، 2020
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީ ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް މިވަނީ ހުޅުވާލެވިފައެވެ.
ގްރާންޓް ދޫކުރުމުގެ އުސޫލާއި ގްރާންޓް ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއި އެކު ޝާއިޢު ކުރެވިފައިވާނެއެވެ.
އަދި މިނިސްޓްރީގެ ވެބްސައިޓްގައިވެސް ޝާއިޢު ކުރެވިފައިވާނެއެވެ. ޕްރޮޕޯޒަލް އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ޕްރޮޕޯޒަލް ބާޠިލުވާނެއެވެ.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 26 ފެބުރުވަރީ 2020،ވާ ބުދަ ދުވަހުގެ 14:00 އެވެ.
12 ޖުމާދަލްއާޙިރާ 1441