ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކޯޕަރޭޝަން އިން އައްޑޫ ސިޓީ އޮފީހަށް މުވައްޒަފުން ހޯދުމަށް ކުރި ނަންބަރު: RDC-IUL/2020/003 އިޢުލާނުގައި ހިމެނިފައިވާ ސަޕޯރޓް ސްޓާފް މަޤާމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ މި މަޤާމަށް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ސަޕޯރޓް ސްޓާފް |
ބޭނުންވާ ޢަދަދު: |
30 (ތިރީސް) |
ޑިޕާރޓްމަންޓް: |
ރީޖަނަލް |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސްޓާފް - ގްރޭޑް 1 |
މުސާރަ: |
މަހަކު 5000ރ އާއި 7000ރ ދެމެދު |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އައްޑޫ ސިޓީ އޮފީސް |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތުރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން. - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން. - މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން. - މިކޯރޕޮރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މި ކޯޕަރޭޝަންގެ އީ މެއިލްinfo@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 / 7811224 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
12 ޖުމާދުލްއާޚިރު 1441
06 ފެބްރުއަރީ 2020