ނަންބަރު: MREIC/IU/2020/0009
ވަޒީފާގެ ފުރުސަތު
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް:
|
އެކައުންޓެންޓް
|
މުސާރަ:
|
ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން ދެފަރާތް އެއްބަސްވާގޮތަކަށް
|
ބޭނުންވާ އަދަދު:
|
01
|
ކޮންޓްރެކްޓްގެ ބާވަތް:
|
ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ މާލެ އޮފީހުގައެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- ކުންފުނީގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯޓިންގ، ފައިނޭޝަލް ރެކޯޑުތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފްޞީލް / އެކައުންޓިންގ ލިޔެކިއުންތައް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.
- ކުންފުނީގެ މާލީ ހިސާބުތައް ބަލާ ދިރާސާކުރުމާއި ކެޕިޓަލް ޚަރަދުތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް ބަލާ ދިރާސާކުރުން.
- ކުންފުނީގެ ބަޖެޓް ކޮންމެ އަހަރަކު އެކުލަވާލާ ތައްޔާރުކޮށް، ބަޖެޓް ދިރާސާކޮށް ރިވިއު ކުރުން
- ކުންފުނީގެ ފައިނޭންޝިއަލް ރިޕޯރޓާއި އެހެނިހެން ރިޕޯޓްތައް ތައްޔާރުކުރުން.
- ކުންފުނީގެ މާލީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް (ޕޮލިސީ،ޕްރޮސީޖަރ،އެސްއޯޕީ) އިސްލާހުކޮށް ހަރުދަނާކުރުމުގެ މަސައްކަތްކުރުން.
- ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި ހަރަކާތްތަކުގައި ބައިވެރިވުން.
|
މަގާމުގެ ޝަރުތުތައް:
|
- އޭސީސީއޭ، ސީމާ، ސީޕީއޭ ފުރިހަމަކޮށްފައިވުން ނުވަތަ ބެލްޗަރސް ޑިގްރީ އިން ފައިނޭންސް ނުވަތަ ބެލްޗަރސް ޑިގްރީ އިން އެކައުންޓިންގ ހަދައިފައިވުން
- މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއި އެކު، މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާ އަކުން މަދުވެގެން 2 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަށް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- އައި.އޭ.އެސް އަދި އައި.އެފް.އާރު.އެސް ސްޓޭންޑަޑްތަކަށް ފަރިތަވުމާއި އެކު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މި ސްޓޭންޑްތައް އެޕްލައިކުރަން އިނގުން
- ރާއްޖޭގެ ވިޔަފާރީގެ އުސޫލުތަކާއި، ކުންފުނިތައް އޮޕަރޭޓްކުރާ ގޮތާއި، ވިޔަފާރީގެ އުސޫލުތަކާއި، ކުންފުނިތައް އޮޕަރޭޓްކުރާ ގޮތާއި، ވިޔަފާރީގެ ވައްޓަފާޅި އާއި، ދިވެހިރާއްޖޭގެ ޓެކްސްގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުމާއެކު މިކަންކަމަށް ރިޢާޔަތްލޕށް އެކައުންޓްތައް ބެލެހެއްޓުމުގެ ޤާބިލުކަން ހުރުން
- އެކައުންޓިންގ ގެ އުސޫލުތަކާއި، މިންގަނޑުތަކާއި، ފައިނޭންޝަލް މެނޭޖްމަންޓާއި، ބޭންކިންގ ގެ ނިޒާމް ހިންގާގޮތުގެ މަޢުލޫމާތު ލިބިފައިވުމާއި އެކު އެފަދަ ނިޒާމްތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އާއި އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން
|
ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން އަށް ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ.
އީމެއިލް: careers@mreic.com.mv
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، 3001186 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ.
09 ފެބްރުއަރީ 2020