މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ފިޔަވަތީ ގެ ގްރައުންޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުން

"ފިޔަވަތީ" ގެ އަންހެން ކުދިން އުޅޭ ބައިގެ ގްރައުންޑް ފިޔަވަތިން އަންގާ ގޮތެއްގެ މަތިން އަޕްގްރޭޑްކުރުމުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

      

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތީގެ އަންހެން ކުދިން އުޅޭ ބައިގެ ގްރައުންޑްގައި ފިޔަވަތިން އަންގާގޮތެއްގެ މަތިން ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

-          ގޭޓެއް ކަނޑައި ދޮރާއި ދޮރުފަތް ހަރުކުރުން.

-          ވޮޗަރ ޕޯސްޓެއް ހެދުން

-          ޓޮޑްލާސް ޕްލޭ އޭރިއާ އެއް ހެދުން

-          ޕޮންޑެއް ހެދުން.

            ވީމާ، ފިޔަވަތިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މިމަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ފިޔަވަތިން ޙަވާލުކުރާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފިޔަވައްޗަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

09 ފެބުރުވަރީ 2020
ހޯދާ