ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް

ވިލުފުށީ ސްކޫލް

 

     ތ.ވިލުފުށި

   ދިވެހިރާއްޖެ.

އިޢުލާން ނަންބަރ:GS-65-A/2020/10

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ލީޑިންގ ޓީޗަރ ރޫމްގެ މުށިބަދަލުކުރުން

ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދޮރުފަތްތައް ބަދަލުކުރުން

1 ސްކޫލްގެ ލީޑިންގ ޓީޗަރ ރޫމްގެ މުށި ބަދަލުކޮށްދިނުމާއި ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދޮރުފަތްތައް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ

ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS-65-A/2020/07 ( 28 ޖަނަވަރީ 2020 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ،

އެ އިއުލާނު ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން

ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބުރުވަރީ 09 ން 2020 ފެބުރުވަރީ 17 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް

މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބުރުވަރީ 18 ވަނަ ދުވަހުގެ 8:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބުރުވަރީ 18 ވަނަ ދުވަހުގެ 8:30 ގައި  މިސްކޫލްގެ މީޓިންގރޫމްގައެވެ.

5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ފެބުރުވަރީ 23 ވަނަ ދުވަހުގެ 8:30 ގައި ވިލުފުށީ ސްކޫލްގެ މިޓީންގ ރޫމްގައެވެ

6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633, 7970633

އީ-މެއިލް: admin@vilufusheeschool.edu.mv

 

15 ރަބީޢުލްއާޚިރު  1441

09 ފެބުރުވަރީ 2020

09 ފެބުރުވަރީ 2020
ހޯދާ