ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020ވަނަ އަހަރު ފ.ބިލެތްދޫ އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

2020ވަނަ އަހަރު މިރަށު އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު: 371B1/2020/09 ން (20 ފެބުރުއަރީ 2020) ގެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

2020 ވަނަ އަހަރު މިރަށު އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބުރުއަރީ 11 ވާ އަންގާރަ ދުވަހުގެ  13.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020  ފެބުރުއަރީ  13 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ އިޖުތިމާޢީ ޞަރަހައްދު ކުނިކަހާ ސާފު ކުރުމަށް އެދި " މިހެން ލިޔުމަށްފަހުގައެވެ.  އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ޢާއްމުފަރުދެއްނަމަ، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމާއި، އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއާއި، ކުންފުނި / ޖަމްޢިއްޔާއަކުންނަމަ ޖަމްއިއްޔާގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީ ގެންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ހާޞިރުވާނަމަ ބަދަލުހަމަ ޖެއްސިކަމުގެ ލިޔުމާއި ބަދަލު ހަމަޖެއްސިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި ޙާޟިރުވާފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ  ތަމްޞީލްކުރާ ފަރާތް އަންގައިދޭ ލިޔުމާއި ޙާޞިރުވާ ފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

  - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

09 ފެބުރުވަރީ 2020
ހޯދާ