ދިވެހިރާއްޖެ
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2021-2022 |
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ ދާއިރާތަކަކުން އެއްދަރިވަރަކަށް އެމެރިކާގައި މާސްޓަރސް ޑިގްރީ ހެދުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މެއި 2020 (ހޮނިހިރު) ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައި ކުރުން އެދެމެވެ. އަދި އެޕްލައި ކުރިކަން weerasekerac@state.gov އީމެއިލަށް އެންގުން އެދެމެވެ. މިކޯހަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު މިއަހަރުގެ ޖޫން މަހު ކުރީކޮޅުގައި އޮންނާނެކަން ސްކޮލަރޝިޕް ދޭ ފަރާތުންވަނީ އަންގަވާފައެވެ.
Online application by creating user account: http://apply.iie.org/ffsp2021
|