ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/13)
އިޢުލާން
ނިޔަމިކޯސް ހިންގުމާއި ގުޅޭ
މިކައުންސިލާއި މޯލްލްޑިވުސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސްއާއި ގުޅިގެން " ނިޔަމިކޯސް ސެޓްފިކެޓް 2 " ކޯހުގެ 3 ދުވަހުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 05 މާރޗް 2020 ން ފެށިގެން 07 މާރޗް 2020ގެ ނިޔަލަށެވެ. މިކޯހުގައި ބައިވެރިވުމަށް ބޭނުންވާފަރާތްތަކުން 04 މާރޗް 2020 ވާ ބުދަ ދުވަހުގެ 12:00 ކުރިން ކޯހުގައި ބައިވެރިވުމަށް ބޭނުންވާފަރާތްތަކުން ޖާދުއްﷲ އަބްދުލްބާރީގެ ނަމްބަރ 9982021 އާއި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޖުމާދަލްއާހިރު 1441
20 ފެބުރުވަރީ 2020